މަހޯލި

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އާއްމު ކުރާ މަޢުލޫމާތު

ދައުލަތުގެ އިދާރާއެއްގައިވާ މަޢުލޫމާތެއް ހޯދައި ލިބިގަތުމަކީ، މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 1/2014) ގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން، އެކަމަށް އެދޭ ކޮންމެ މީހަކަށްމެ، ލިބިގެންވާ އަދި ތަންފީޒު ކުރެވޭނެ ޤާނޫނީ ޙައްޤެކެވެ. ޤާނޫނު ނަންބަރު 1/2014 މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަމިއްލަ އިސްނެގުމުގެ މަތިން ހާމަކުރަންޖެހޭ މަޢުލޫމާތު މިސަފްޙާގައި ހިމެނިފައިވާނެއެވެ.

މަޢުލޫމާތު ހޯދުމަށްއެދި ހުށަހެޅުން.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް އެދޭ ފޯމް މި ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. މީގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މައުލޫމާތު ހޯދަން އެދޭ ފޯމް މެދުވެރިކޮށްވެސް މުލަކަތޮޅު މުލީ ކައުންސިލުން މައުލޫމާތު ހޯދުމަށް އެދި ހުށަހެޅުއްވޭނެއެވެ.

އިންފޮމޭޝަން އޮފިސަރ

ޤާނޫނު ނަންބަރު 2014/01 މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ ދަށުން، މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާގެ އިންފޮމޭޝަން އޮފިސަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ފަރާތުގެ މަޢުލޫމާތު ތިރީގައިމިވަނީއެވެ.

Picture of އަޙްމަދު ސިރާޖް

އަޙްމަދު ސިރާޖް

އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް
9995626
ahmed.siraaj@muli.gov.mv